10 May 2014, 00:02
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު އައްޔަން ކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ސަމީރު އެމަގާމަށް އައްޔަން ކޮށްފައި ވަނީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ 79 ބައްދަލުވުމުގައި ކަމަށެވެ.
އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝާހު އިސްތިއުފާދެއްވުމުންނެވެ.
މިރޭގެ ބައްދަލުވުމުގައި އިތުރު މަގާމްތަކަށް ވެސް ވަނީ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ. އެގޮތުން ޕާޓީގެ ކައުންސިލް ޖެނެރަލް ކަމުގެ މަގާމަށް ޑރ. މުހައްމަދު ސައުދު އައްޔަން ކުރި އިރު ސްޕޯކްސް ޕާސަން ކަމުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އިމާދު ސޯލިހު އެވެ.
ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހްމަދު އެ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ކަމަށް ވެސް މިރޭ ވަނީ އައްޔަން ކޮށްފަ އެވެ.