08 May 2014, 21:25
ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް މަސްކުންފުނި ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަށް ޚާއްސަ ހަރަކާތެއް ހިންގައިފި އެވެ.
މިފްކޯއިން ބުނީ އެހެންމީހުންނެކޭ އެއްފަދައިން މުޖުތަމައުގައި އުޅުމުގެ ގާބިލްކަން ތެލެސީމިއާ މީހުންނާއި ކުދީންނަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި އެފަދަ މީހުންނަށް ދިރިއުޅުމުގެ ގާބިލްކަން ލިބެން އޮތީ އެމީހުންގެ ދިރިއުޅުމުގެ ކާނާކަމަށްވާ ލޭ ލިބިގެންކަމަށް ވާއިރު، އެ ގާބިލްކަން ހޯދައިދިނުމަކީ އެ ހަރަކާތުގެ މަގުސަދުކަމަށް ވެސް މިފްކޯއިން ބުނެއެވެ.
"މިފްކޯއިން މި ހަރަކާތް ކުރިޔަށް ގެންދިޔުމުގެ މަގްސަދަކީ ތެލެސީމިއާ މީހުންގެ ދިރިއުޅުމުގެ ކާނާއަކީ ލޭކަމަށް ވާއިރު އެމީހުންނަށް ދިރިއުޅުމުގެ ގާބިލްކަން ހޯދައިދިނުން ." މިފްކޯއިން ބުންޏެވެ.
ތެލެސީމިއާ ދުވަހާ ގުޅުވައިގެން ގިނަ ބަޔަކު ލޭހަދިޔާ ކުރާއިރު، މިފްކޯއިން އަބަދުވެސް މަސައްކަތް ކުރާނީ ފަރުދުންގެ ދުޅަހެޔޮކަމަށް ވިސްނައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.