ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 12.3 ބިލިއަން ރުފިޔާގެ ބަޖެޓް ފަސް އިސްލާހަކާއެކު މީގެ ކުޑައިރުކޮޅެއް ކުރިން މަޖިލީހުން ފާސްކޮށްފި.


އެ ބަޖެޓުގައި ހިމެނޭ ބައެއް އައިޓައިމްތަކުން އެހެނިހެން ބައި ބަޔަށް ފައިސާ ބަދަލުކުރި ނަމަވެސް، ބަޖެޓް ފާސްކުރީ ސަރުކާރުން ހުށަހެޅި ޖުމްލަ އަދަދަށް ބަދަލު ނާންނަ ގޮތަށެވެ.


މަޖިލީހުގައި ތިއްބެވި 76 މެމްބަރުންގެ ތެރެއިން ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވީ 69 މެންބަރުންނެވެ. ހަތަރު މެމްބަރުން ބަޖެޓާ ދެކޮޅަށް ވޯޓުދެއްވިއިރު ވަކި ކޮޅަކަށް ވޯޓުނުދެއްވަނީ އެންމެ މެމްބަރެކެވެ.


ބަޖެޓަށް ހުށަހެޅި ބައެއް އިސްލާހުތަކަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހުތަކެއް ކަމަށް ބުނެ ރިޔާސަތުން އެ އިސްލާހުތަކަށް ވޯޓަށް ނާއްސަވަ އެވެ.