އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިއުލާންކޮށްފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ ޗެލެންޖް ކަޕަށް ގައުމީ ކޯޗު ޑްރާގޯ މަމިޗް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ ތިން ގޯލްކީޕަރުންނާއި، އަށް ޑިފެންޑަރުންނާއި، އަށް މިޑްފީލްޑަރުންނާއި ހަތަރު ފޯވަޑުންނެވެ.

އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެއިދާރާގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވީ ސްކޮޑް އެކުލަވާލުމުގައި ގައުމީ ޓީމުގެ ކޯޗާ ސްޓާފުން ކުރި މަސައްކަތަށް އެފްއޭއެމްއިން ޝުކުރު ދަންނަވާ ކަމަށެވެ.

"ސްކޮޑް އެކުލަވާލުމުގައި ތައިލެންޑްގައި ކުރި ކޭމްޕުން ބޮޑު ކުރިއެރުމެއް ލިބުން،" ސުޒޭން ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ކޯޗް މަމިޗް ބުނީ، ސްކޮޑާ މެދު ހިތް ހަމަޖެހޭ ކަމަށެވެ.

ރާއްޖޭ ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑު

ގޯލްކީޕަރުން: އިމްރާން މުހައްމަދު - ނިއު، މުހައްމަދު އިމްރާން - މާޒިޔާ، އިބްރާހިމް އިފްރާހު އަރީފް - ބީޖީ

ޑިފެންޑަރުން: މުހައްމަދު ޝިފާން (ކުޑައްޓޭ) - ނިއު، ޝާފިއު އަހްމަދު (ޝާފީ) - ނިއު، މުހައްމަދު ރަޝީދު (ހޮކޭ) - ނިއު، އަކްރަމް އަބްދުލް ގަނީ - ނިއު، އަހްމަދު ނޫމާން (ހެލްމެޓް) – އީގަލްސް، ރިލްވާން ވަހީދު (ރިލޭ) - މާޒިޔާ، އަހުމަދު އަބުދުﷲ (ލިލީ) - ނިއު، އަމްދާން އަލީ - މާޒިޔާ

މިޑްފީލްޑަރުން: އައްޝަދު އަލީ (އަޑުބަރޭ) - މާޒިޔާ، ޝަމްވީލް ގާސިމް (ބޮންޑާ) - ނިއު، މުހައްމަދު އާރިފް (ބަކާ) - މާޒިޔާ، އިބްރާހިމް ފަޒީލް (އޮއްޕޮ) - ނިއު، މުހައްމަދު އުމެއިރު - ނިއު، އަލީ ފާސިރު (ސެންޓޭ) - ނިއު، ހަސަން އަދުހަމް (ސަޑޭ) - އީގަލްސް، އަހްމަދު މުހައްމަދު (އައްމަޑޭ) - މާޒިޔާ

ފޯވަޑުން: އަސަދުﷲ އަބްދުﷲ - މާޒިޔާ، އަހްމަދު ނާޝިދު (ނާއްޓޭ) - މާޒިޔާ، ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) - މަހިބަދޫ، އަލީ އަޝްފާގް (ދަގަނޑޭ) - ޕީޑީއާރުއެމް