އައްޑޫ ސިޓީ ފޭދޫގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ ގެއްލުންތަކެއް ވެއްޖެ އެވެ.

މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ ފޭދޫ ބޮޑު މަގުގައި ކަމަށެވެ. އަދި އެ އެކްސިޑޭންޓް ހިނގާފައި ވަނީ ފޭދޫ ސްކޫލް ކުރިމަތިން ކަމަށް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ފޭދޫ ސްކޫލް ކުރިމަތިން ހިނގި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް އެ އެކްސިޑެންޓުގައި ސައިކަލަކާއި ކާރަށް ކޮންމެ ވެސް ވަރެއްގެ ގެއްލުން ތަކެއް ވެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ފޭދޫ އިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އެކްސިޑެންޓްވުގައި ސައިކަލް ދުއްވަން އިން މީހާ ވިއްސައިގެން ގޮސް، ބިންމަތީގައި ޖެހުމުން ކޮންމެވެސް ވަރެއްގެ އަނިޔާތަކެއްވި އެވެ. އޭގެ ސަބަބުން އޭނާ ހިނގައިގަންނަން އުނދަގޫވި ކަމަށާއި ފުލުހުންގެ އެހީތެރި ކަމާއިއެކު ފޭދޫ ސިއްހީ މަރުކަޒަށް އޭނާ ގެންގޮސްފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ސަން އަށް މައުލޫމާތު ދެމުން ފޭދޭ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓް އަނިޔާވި މީހާގެ އަތުން ކޮންމެ ވެސް ވަރަކަށް ތަންތަން މަށާއިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ސީރިއަސް ޒަހަމްތަކެއް ނެތް ކަމަށެވެ. އެ އެކްސިޑެންޓުގައި އޭނާގެ އެތެރެ ހައްޓަށް ނުވަތަ ކައްޓަކަށް ގެއްލުންވެފައިވޭތޯ ބެލުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފޭދޫ ސިއްހީ މަރުކަޒުން ބުންޏެވެ.