08 May 2014, 10:57
ގދ. ގައްދޫގައި މޫދަށް އެރި އުޅުނު އަންހެނަކު ގެނބިގެން މަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހެނދުނު މޫދަށް އެރި އުޅުނު 74 އަހަރުގެ އަންހެނަކު ގެނބިގެން މަރުވެފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ހެނދުނު 8:00 އެހައިކަށް ހާއިރު ކަމަށެވެ. އަދި އެ އަންހެންމީހާ ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގައްދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ސުޖާއު މިއަދު ސަން އަށް ވިދާޅުވީ ގެނބިގެން މަރުވީ އެ ރަށު ގަރާޑީގޭ އާމިނަތު ފައުޒިއްޔާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާއަކީ އެ ރަށުގެ ދެކުނު ފަރާތު މޫދަށް ކަސްރަތުކުރަން ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ އާންމުކޮށް ކަސްރަތު ކުރުމަށް އެ ސަރަހައްދަށްދާ ކަމަށް ވެސް ވެ އެވެ.