ފެޑެރެލް ބިއުރޯ އޮފް އިންވެސްޓިގޭޑަން (އެފްބީއައި)ގެ އެޖެންޓެއް ޕާކިސްތާނު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެފްބީއައި އެޖެންޓެއް ކަމަށްވާ ޖޯލް ކޮޒް ހައްޔަރުކުރީ، ޑޮމެސްޓިކް ފްލައިޓަކުން ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ޕާކިސްތާނަށް އެތެރެ ކުރުމުންނެވެ. އެފްބީއައި އެޖެންޓް ޕާކިސްތާނަށް ގެނައި ހަތިޔާރުތަކުގައި ތެރޭގައި 15.9 މިލިމީޓަރު ބުލެޓްތަކަކާއި ތިން ވަޅި އާއި ރެންޗެއް ހިމެނޭ ކަމުގައި ޕާކިސްތާނުގެ ޕޮލިސް ސުޕްރިންޓެންޑެންޓް މަލީރް ރާއޯ މައުލޫމާތު ދެ އެވެ.

އެމެރިކާ އިން މައުލޫމާތުދޭ ގޮތުގައި ޕާކިސްތާނަށް ކޮޒް ޒިޔާރަތްކުރީ އެ ގައުމުގެ ފުލުހުންނަށް ތަމްރީނުތަކެއް ދިނުމަށް ކަމަށާއި މިހާރު އޭނާ ހައްޔަރުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމެރިކާގެ ލޯ އެންފޯސްމަންޓްގެ އޮފިޝަލް ބުނާ ގޮތުގައި، ހައްޔަރުކުރި އެފްބީއައި އެޖެންޓަށް އެމެރިކާއާ އޮތް ދެކޮޅުވެރިކަން ނުގެންގުޅޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ކުރިން ޕާކިސްތާނަށް ޒިޔާރަތް ކުރި ސެންޓްރަލް އިންޓެލިޖަންސް އެޖެންސީ (ސީއައިއޭ)ގެ ކޮންޓްރެކްޓަރެއް ކަމަށްވާ ރޭމަންޑް ޑޭވިސް ވަނީ ދެ މީހަކު މަރާލިކަމަށް 2011 ވަނަ އަހަރު ހުކުމްކޮށްފަ އެވެ. ނަމަވެސް ޑޭވިސް ޝަރީއަތުގައި ބުނީ، އޭނާ އެކަން ކުރީ އަމިއްލަ ދިފާއުގައި ކަމަށެވެ.

ޕާކިސްތާނުގެ ގާނޫނު ބުނާ ގޮތުގައި އެފްބީއައިގެ އެޖެންޓުންނާއި އެމެރިކާގެ އެޖެންސީތަކަށް ޕާކިސްތާނަށް ހަތިޔާރު އެތެރެކުރެވޭނީ ހުއްދައެއް އޮވެގެން ކަމަށެވެ.
މައުލޫމާތު: ސީއެންއެން