ކެރަމް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މާދަމާ ފެށުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގައި 18 އޮފީހަކުން ބައިވެރި ވެއްޖެ އެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވި 18 އޮފިހުން ފިރިހެން 17 ޓީމާއި އަންހެން ނުވަ ޓީމް ވާދަކުރާ ކަމަށެވެ.

އޮފިސް/ކުންފުނިތަކުގެ މެދުގައި އަހަރުން އަހަރަށް ފޯރިގަދަވެ ވާދަވެރިކަން ބޮޑުވަމުން އަންނަ މިމުބާރާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓީމް އިވެންޓު، އޯޕަން ސިންގަލްސް އިވެންޓު، ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އޮފީސް ތަކަކީ، އެލައިޑް އިންޝުއަރަންސް، އޮޑިޓާ ޖެނެރަލް އޮފީސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ކޭޕީއެމްޖީ މޯލްޑިވްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕްރޭޝަން (އެމްބީސީ)، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)، މޯލްޑިވްސް އިސްލާމިކް ބޭންކް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ޕްރެޒިޑެންޓްސް އޮފީސް، ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީސް، ރެއިންބޯ އެންޓަރ ޕްރައިސަސް، އަދި ޔޫއެޗް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އެވެ.