07 May 2014, 12:04
ތައިލެންޑްގެ ބޮޑުވަޒީރުކަމުގެ މަގާމު ޔިންލަކް ޝިނަވަޓްރާ އަށް ގެއްލިވަޑައިގެންފި ކަމަށް އެގައުމުގެ ކޮންސްޓްޓިއުޝަނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޔިންލަކް ޝިނަވަޓްރާ އަށް ބޮޑުވަޒީރުކަން ގެއްލިއްޖެ ކަމަށް އެކޯޓުން ހުކުމްކުރީ ނެޝަނަލް ސެކިއުރިޓީ ޗީފްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސެވުމުގައި ގާނޫނާ ހިލާފަށް ނުފޫޒު ބޭނުންކުރައްވާފައިވާ ކަން ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ. ޔިންލަކްގެ މަގާމު ގެއްލިއްޖެ ކަމަށް ކަނޑައަޅާފައި މިވަނީ އެކަމަނާ ތަކުރާރުކޮށް ދައުވާއަށް އިންކާރުކުރައްވާފައި ވަނިކޮށެވެ.
ކޮންސްޓިޓިއުޝަނަލް ކޯޓުން ޔިންލަކްއާ ދެކޮޅަށް ހުކުމްކޮށްފައި މިވަނީ އެކަމަނާގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން އެތައް މަހެއް ވަންދެން މުޒާހަރާތައްކޮށް ހަމަނުޖެހުންތައް ހިންގި ފަހުންނެވެ. އެ ހަމަނުޖެހުންތައް ހުއްޓުމަކަށް އާދޭތޯ މިދިޔަ ފެބްރުއަރީ މަހު ބޭއްވި އިންތިހާބު ވެސް ކޯޓުން ކުރިން ވަނީ ބާތިލުކޮށްފަ އެވެ.