07 May 2014, 11:40
ޑރ. ފާތިން ހަމީދުގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު ކަމަށް އާއިލާ އިން ބުނެފި އެވެ.
ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް، ޑރ. ފާތިން ހަމީދު އަވަހަރާހަވެފައި ވަނީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި މިދިޔަ ހޯމަ ދުވަހުގެ މެންދުރު 12:45 ހާއިރު އެވެ.
ޑރ. ފާތިން ހަމީދުގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. އަދި މޫނު ދެއްކުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާގަ އެވެ.
ފާތިން ހަމީދު އަވަހާރަވީ އިރު އެކަމަނާގެ ދެ އަންހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.
ފިޝަރީޒު ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، މިފްކޯގެ ޗެއާޕާސަން ކަމާއި އަދި ފިޝަރީޒު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ޑރ. ފާތިން އަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.