07 May 2014, 11:01
އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ރައީސް ކަމުން ދުރުކުރުމަށް އެގައުމުގެ ކޮންގްރެސްގައި ވޯޓެއް ނެގީ މޮނިކާ ލުވިންސްކީ ނަމަކަށް ކިޔާ އަންހެނަކާ އެކު ހިންގެވި ގުޅުމެއް ފަޅާ އަރައިގެންނެވެ. އެއީ މިހާރު އެންމެން ދަންނަ ކަމެކެވެ. ނަމަވެސް އެ ހާދިސާ އަށް 10 އަހަރު ވީއިރު ވެސް މޮނިކާ ހުރީ ފާޅުގައި އެކަމާ އެއްވެސް އެއްޗެއް ނުބުނެ އެވެ.
ރައީސް ކްލިންޓަންގެ އަނބިކަނބަލުން އެމެރިކާގެ ރައީސްކަމަށް ވާދަކުރައްވަން ތައްޔާރުވެވަޑައި ގަންނަވަނިކޮށް، މޮނިކާ މިހާރު ވަނީ އެހާދިސާއާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ދައްކާފަ އެވެ.
http://sun.mv/albums/live_24765.jpg
މިމަހުގެ ތެރޭގައި ނެރޭ ވެނިޓީ ފެއާ މަޖައްލާއަށް މޮނިކާ ލިޔެފައިވާ ލިއުމުގެ ބައެއް މިހާރު ވަނީ އާއްމުކޮށްފަ އެވެ. ލިއުމުގައި މޮނިކާ ބުނެފައިވާ ގޮތުގައި ކްލިންޓަން އޭނާގެ ފައިދާ ނެންގެވިކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ. ނަމަވެސް އެގުޅުމަކީ ދެ ފަރާތުން ވެސް ރުހިގެން ބޭއްވި ގުޅުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ގަދަކަމުން ބޭއްވި ގުޅުމެއްގެ ގޮތުގައި ފަހުން ސިފަވީ ކްލިންޓަންގެ އަރިސްބޭފުޅުން މޮނިކާގެ ގަދަރު ކުޑަކޮށްލަން މަސައްކަތް ކުރުމާއި އިދިކޮޅު ފަރާތްތަކުން އެކަމުގެ ފައިދާ ނަގަން އުޅުމުން ކަމަށް ވެސް އޭނާ ލިޔެފައިވާ ކަމަށް ޑެއިލީ މެއިލް ގައި ވެއެވެ.
މޮނިކާ އަދި ލިޔެފައި ވަނީ ގުޅުމާ މެދު އޭނާ ފުންކޮށް ހިތާމަކުރި އެވެ. އަދި ލިޔެފައި ވަނީ އެއްވެސް އެއްޗެއް ނުބުނެ ހަނު ހުންނަން ނިންމީ ވެސް އެހެންވެ ކަމަށެވެ.
"... މިއީ އަހަރެންގެ މާޒީގެ ވަށައިގެން ސިއްރު ސިއްރުން ހިނގުން ހުއްޓައިލަން ވީ ވަގުތެވެ. އެހެންމީހުންގެ މުސްތަގުބަލުގެ ވެސްމެ އެވެ. އަހަރެންގެ ވާހަކަ އެހެން ގޮތަކަށް ނިންމަން މިހިރީ އަޒުމް ކަނޑައަޅައިގެންނެވެ. ފާރުމަތިން ބޯ ހިއްލައިލަން އަހަރެން އެންމެ ފަހުން ނިންމައިފީމެވެ،" މޮނިކާ ލިޔެފައިވާ ކަމަށް ނޫހުގައިވެ އެވެ.
އޭނާ އަދި ލިޔެފައި ވަނީ އޭނާ އަކީ އިންޓަނެޓްގެ ޒަމާނުގައި އެހެންމީހުން ކުރި ކަމެއްގެ ފުރައްސާރަ ރައްދުވި ފުރަތަމަ މީހާ ކަމަށެވެ.