06 May 2014, 21:19
ކ. ގާފަރު ރައްޔިތުންގެ ޕްރީސްކޫލުން ދަރިވަރުންނަށް ދިނުމަށް ބެލެނިވެރީންނާ ހަވާލުކުރި ބައެއް ބޭސްތައް މުއްދަތު ހަމަވެފައިވާތީ އެ ބޭސްތައް ސިއްހީ މަރުކަޒާ ހަވާލުކުރަން އަންގައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ގާފަރު ކައުންސިލް މެމްބަރަކު ވިދާޅުވީ، ޕްރީސްކޫލް ދަރިވަރުންނަށް ދިނުމަށް ބެލެނިވެރިންނާ ހަވާލުކުރި ބައެއް ބޭސްތައް މުއްދަތު ހަމަވެފައި ވާތީ އެކަމުގެ ޝަކުވާ ބެލެނިވެރިން ކުރުމުން އެ ބޭސްތައް އަނބުރާ ސިއްޙީ މަރުކަޒާ ހަވާލުރަން މިއަދު އެތަނުން އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މުއްދަތު ހަމެވެފައި ވަނީ ބައެއް ބޭސްތައް ކަމަށާއި ނަމަވެސް މުއްދަތު ހަމަވެފައިވާ ބޭހެއް އެއްވެސް ކުއްޖަކަށް ދިންކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.
ގާފަރު ޕްރީސްކޫލްގެ ބެލެނިވެރިޔަކު ބުނީ އެ ސްކޫލުން ބެހި ބައެއް ބޭސްތައް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭހައި މުއްދަތު ހަމަވެފައި ކަމަށެވެ. އަދި އަނެއްބައި ބޭސްތަކުގެ މުއްދަތު ހަމަވަނީ 2015 ވަނަ އަހަރު ކަމަށް ވެސް އޭނާ ބުންޏެވެ.