06 May 2014, 16:47
ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (އެފްއޭއެމް)އިން ބޭއްވި އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލް ޓީމުން ވިދާލި އުމުރުން 14 އަހަރުގެ މުހައްމަދު މިރާޝް އިމްތިޔާޒް ސްޕޭންގެ ބާސެލޯނާގައި ހުންނަ ކެޕްޓިވާ ސްޕޯޓްސް އެކަޑަމީގައި ވިދާލައިފި އެވެ.
ކެޕްޓިވާ ސްޕޯޓްސް އެކަޑަމީގައި މިރާޝް އިމްތިޔާޒް އަންނަނީ 10 މަސް ދުވަހުގެ ޓްރޭނިންއެއް ފުރިހަމަ ކުރަމުންނެވެ. އެކޭންޕުން އޭނާ ވިދާލީ މިދިޔަ ފެބްރުއާރީ މަހު ކޭމްޕްގެ މޮޅުކުޅުންތެރިޔަކަށް އޭނާ ހޮވުމުންނެވެ.

އެކަޑަމީގައި މިރާޝް ތަމްރީނު ހޯދަނީ--
މިރާޝް މި ވަގުތު ކުޅެމުން އަންނަނީ ސްޕެއިންގެ ޔޫތުގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ ޔޫއީ ކޯނެއްލާ ކެޑޭޓް އަށެވެ.

އެކަޑަމީގެ ކުޅުންތެރިނާއި އޮފިޝަލުންނާއެކު މިރާޝް ފޮޓޯއަކަށް ހުއްޓިގެން--
ސްޕެއިންގެ ކަޕްޓިވާބްލޮގަށްދިން އިންޓަވިއުއެއްގައި މިރާޝް ބުނެފައިވަނީ އޭނާ އެ އެކަޑަމީގައި ބައިވެރިވީ ފުޓްބޯޅައިގައި ކުރިއަށްދާން ބޭނުންވާތީ ކަމަށާއި ލިބުނު ކާމިޔާބީއާކު ވަރަށް އުފާވާ ކަމަށެވެ.
" އަހަރެންގެ އުއްމީދަކީ އާސެނަލް ނުވަތަ ބާސެލޯނާ އަށް މުސްތަގްބަލްގައި ކުޅުން. މި އެކަޑަމީގައި މި ބައިވެރިވަނީ މޮޅު ކުޅުންތެރިއަކަށް ވާން. މި ތަނުގައި މާ ގިނަ ފުރުސަތުތައް ތަނަވަސްވާނެ ކަމަށް ގަބޫލްކުރެވޭ،" ކެޕްޓިވާ ބްލޮގަށް ދިން އިންޓަވިއުއެއްގައި މިރާޝް ބުނެފައި ވެއެވެ.

އެކަޑަމީގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު މިރާޝް (ކަނައަތް ފަރާތުން ތިރީގައި) ފޮޓޯއަކަށް ހުއްޓިގެން--
ބާސެލޯނާގެ ޔޫތު އެކަޑެމީ ތަކުގައި ކުޅޭ ކުޅުންތެރިން ކޮންމެ ހަ މަހަކުން ބާސެލޯނާ އިން މޮނިޓާ ކުރަމުން އަންނައިރު، މި ޓްރޭނިން ކޭންޕުތަކުން ރަނގަޅު ކުޅުންތެރިންނަށް ބާސެލޯނާ ޔޫތު ޓީމުން ފުރުސަތު ދެއެވެ.
މިރާޝް އަންނަނީ އުމުރުން ހަތަރު އަހަރުން ފެށިގެން ފުޓްބޯޅައިގެ އެކިއެކި ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ. އެގޮތުން އޭނާ ވަނީ މީގެކުރިން ސިންގަޕޫރުގައި ހުންނަން މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީގައި ވެސް ތަމްރީންތަކެއް ފުރިހަމަކޮށް ކާމިޔާބީތަކެއް ހޯދައިފައެވެ.