އައްޑޫ ސިޓީގެ ހިތަދޫން ލިންކް ރޯޑްގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހަދިސާގައި ސައިކަލުގައި އިން މީހާގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވެ އެވެ. ނަމަވެސް އެހެން މާބޮޑު ސީރިއަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ނިމިގެން ދިޔަ އެޕްރީލް މަހު އައްޑޫގައި ހިނގި އެކްސިޑެންޓްތަކުގައި ދެ މީހަކު ވަނީ މަރުވެފައިވާ އިރު އިތުރު ބަޔަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ.