06 May 2014, 13:27
ގަވާއިދާ ހިލާފަށް ބާޒާރުމަތީގައި އަނބު ވިއްކަން އުޅުނު ބިދޭސީއަކު އޭނާ ގެންގުޅުނު އަނބު ފޮށިގަނޑާއެކު މިއަދު ހައްޔަރުކޮށްފި އެވެ.
އެ ބިދޭސީ މީހާ ހައްޔަރު ކުރީ ލޯކަލް މާރުކޭޓް ކުރިމަތީ މަގުމައްޗަށް ވާ ގޮތަށް ޕާކިން ޒޯންތެރޭގައި އަނބު ފޮށިތަށް ބަހައްޓައިގެން އަނބު ވިއްކަން އުޅެނިކޮށެވެ. މަސައްކަތު ބިދޭސީން ވިޔަފާރި ކުރުމަކީ މަނާ ކަމަކަށް ވާތީ، އެ ބިދޭސީ މީހާ ހައްޔަރު ކުރަން ފުލުހުން އުޅުމުން، އެ ކަމަށް ހުރަސް އެޅި ދިވެއްސަކު ވެސް މިއަދު ވަނީ ބާޒާރުމަތިން ހައްޔަރުކޮށްފަ އެވެ. އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 12:20 ހާއިރު އެވެ.
ލޯކަލް މާރުކޭޓު ގޮޅިތަކުގައި ބިދޭސީން ވިޔަފާރި ކުރުމަކީ އާންމު ކަމެކެވެ. ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.