ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކުން ޕާކިސްތާނުގެ ވަޒީރުސްތާނަށް ދިން ރޮކެޓް ޙަމަލާތަކެއްގައި 15 މީހަކު މަރުވެއްޖެއެވެ.


ޕާކިސްތާނުގެ އަމްނާބެހޭ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި މި 15 މީހުން މަރުވެފައިވަނީ ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކުން ވަޒީރުސްތާނަށް ދެފަހަރެއްގެ މަތިން ދިން ޙަމަލާތަކެއްގަ އެވެ. ފުރަތަމަ ޙަމަލާ ދީފައިވަނީ ވަޒީރުސްތާންގެ މީރާން ޝާހުގެ ޣުލާން ޚާން ވިލެޖަށެވެ. އަނެއް ޙަމަލާ ދީފައިވަނީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅިފައިވާ ސަރަޙައްދީ ރޮނގުގެ ހިސާބަކަށެވެ.


މީގެތެރެއިން ފުރަތަމަ ހަމަލާގައި ފަސްމީހުން މަރުވި ކަމަށާއި ދެވަނަ ޙަމަލާގައި 10 މީހުން މަރުވި ކަމަށް ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކުންބުނެ އެވެ. - ޖަވާދު