އެޕާޓްމަންޓް ބިލްޑިންގ އެއްގެ ކޮރިޑޯ އަކުން މީހަކު ހިނގާފައި ދަނިކޮށް އެ މީހާ ވައްޓާލައި، ބިންމަތީގައި ދަމާފައި ގެންދާ މަންޒަރުގެ ވީޑިއޯއެއް ފެތުރެން ފަށައިފިއެވެ.

ސީސީޓީވީ އަކުން ނަގާފައިވާ ފަދަ ގޮތަކަށް ފެންނަ މި ވީޑިއޯ ފުރަތަމަ ޝާއިއުކޮށްފައި ވަނީ ޔޫޓިއުބް ގައެވެ.

ގާތްގަނޑަކަށް 60 ސިކުންތުގެ މި ވީޑިއޯގައި ފެންނަނީ ކަޅު ކުލައިގެ ޖެކެޓެއްލައިގެން ހުންނަ މީހަކު އެކަނި މާއެކަނި، އެޕާޓްމަންޓް ބިލްޑިންގ އެއްގެ ކޮރިޑޯ އަކުން ހިނގާފައި ދާތަނެވެ.

http://www.sun.mv/albums/l_24750.jpg

ކޮރިޑޯގެ ވަކި ހިސާބަކަށް ދެވޭ ތަނާ، ކަޅުކުލައިގެ ދުންގަނޑެއްފަދަ އެއްޗެއް އައިސް އޭނާގެ ކަނާތު ފައިގައި ހިފާ ވައްޓާލައި، ބިންމަތީގައި ދަމަން ފަށައެވެ. ނަމަވެސް ކުޑަ ތަންކޮޅަކަށް ގެންދިއުމަށް ފަހު އެ އެތި އޭނާ ދޫކޮށްލައެވެ.

http://www.sun.mv/albums/l_24752.jpg

މީހާ އޭގެ ކިބައިން ސަލާމަތް ވުމާ ރޫހެއްހެން ފެންނަ އެ އެތި ކުއްލިއަކަށް ގެއްލެއެވެ. އަދި ދަމާފައި ގެންދިޔަ މީހާ ގަންނާ ކުރެއްވި ބަރުން އައިކޮޅަށް އަނބުރާ ދުވެފައި ދާ ތަން ފެނެއެވެ.
ދުނިޔޭގެ ބޮޑެތި އޮންލައިން ނޫސްތައް ކަމަށްވާ ޑެއިލީ މެއިލް އާއި ޑެއިލީ މިރާ ގައިވެސް މި ޚަބަރު ވަނީ ޝާއިއު ކޮށްފަ އެވެ.

https://www.youtube.com/watch?v=H0lprruXP1Q