ހުސްވި މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ފުރާ ބިދޭސީ ފަސިންޖަރުންގެ އަތުން އެއާޕޯޓް ‏‏ސާވިސް ޗާޖުގެ ގޮތުގައި ނަގާ އަދަދު 25 ޑޮލަރަށް ބޮޑު ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ ތަޞްދީގު ‏‏ކުރައްވައިފި އެވެ.

އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ގާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ގާނޫނަށް ޢަމަލު ކުރަން ފަށާނީ، މި އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.‏