06 May 2014, 11:18
ޕްރޮސެކިއުޓާ ޖެނެރަލް އަދި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތުމުން ކޯޓުތަކަށް ހާޒިރުވެވަޑައިގަތުމަށް ޕީޖީ އޮފީހުގެ ވަކީލުން އުޒުރުވެރިވެޑައިގެންފި އެވެ.
ސުޕީރިއާ ތިން ކޯޓު ކަމުގައިވާ ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ޑްރަގް ކޯޓަށް އެ އޮފީހުން މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތުމުން ދައުލަތުގެ ނަމުގައި ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރުމުގެ ގާނޫނީ ހައިސިއްޔަތެއް އެ ކޯޓުގެ ވަކީލުންނަށް ނެތް ކަމަށެވެ. އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު ހަމީދު ފަހުމީ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހްމަދު މުއިއްޒު މަގާމުން އިސްތިއުފާދެއްވުމުން، ގާނޫނުގައި ބުނާގޮތުން އެ މަގާމުގެ މަސްއޫކިއްޔަތު އަދާކުރައްވަމުން ގެންދެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި އޭނާ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.