ޕާކިސްތާންގައި ވެރިކަންކުރާ ކޯލިޝަން ސަރުކާރުގައި ހިމެނޭ މުއްތަޙިދާ ޤައުމީ މޫމަންޓަށް ނިސްބަތްވާ ދެ ވަޒީރަކު އެޤައުމުގެ މައިސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވާނެކަން އިޢުލާން ކުރައްވައިފި.


މުއްތަހިދާ ޤައުމީ މޫވްމަންޓަށް ނިސްބަތްވާ ދެ ވަޒީރަކު ސަރުކާރުން ވަކިވަނީ ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެ ތަކެތީގެ އަގު ބޮޑުވަމުންދާއިރު އެކަމާދެކޮޅަށް ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭތީ ކަމަށް މުއްތަޙިދާ ޕާޓީން ބުނެއެވެ.


މުއްތަޙިދާ ގެ ވަކިވުން ވެގެން ދާނީ ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ކޯލިޝަން ސަރުކާރަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ކަމަށް ޕާކިސްތާނުގެ ނޫސްތައް ބުނެއެވެ. މުއްދަޙިދާ މޫމަންޓް ޕާކިސްތާނުގެ މައިސަރުކާރުގެ ކޮއެލިޝަނާ މުޅިން ވަކިވުމާ ނުވުމާ މެދު ރަސްމީ ސިފައެއްގައި އަދި ގޮތެއް ނުނިންމާ ކަމަށާ ނަމަވެސް މިކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެޕާޓީން ބުނެއެވެ.


ޕާކިސްތާންގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ކުޑަ ޕާޓީއަކުންވެސްވަނީ މީގެ ދުވަސްކޮޅެއްކުރިން ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީގެ ސަރުކާރުން ވަކިވެފައެވެ. - ޖަވާދު