05 May 2014, 21:59
ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި ދެމައިން ފެނިއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔަ ޅ. ނައިފަރު، ނާޒުކީގޭ ރާޝިދާ އަހްމަދާއި އޭނާގެ ހަ އަހަރުގެ އަންހެން ދަރިފުޅު މިހާރު ހުރީ ލަންކާގެ ކެންޑީ ސިޓީގެ ޕޮލިސް ސްޓޭޝަންގަ އެވެ.
ރާޝިދާގެ އާއިލާއިން ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގައި އޭނާ ދިރިއުޅެމުން އައީ މަގުމަތީގައި ކަމަށާއި އެއީ ފިރިމީހާ އަނިޔާކުރާތީ "ޑިޕްރެސްވެގެން" ކުރި ކަމެއް ކަމަށެވެ.