05 May 2014, 14:59
ޒުވާން މީދަލުގެ ލޭ އެޅުމުން މުސްކުޅި މީދާ ޒުވާންވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ސްޓޭންފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ކުރި އެދިރާސާއިން އެނގިފައިވާ ގޮތުގައި ޒުވާން މީދަލުގެ ލޭ ތިން ހަފުތާގެ ތެރޭގައި އަށް ފަހަރު އެޅުމުން މުސްކުޅި މީދަލުގެ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުވި އެވެ.
އެގޮތުން އުމުރުން ތިން މަސް ދުވަސްވީ މީދަލެއްގެ ލޭ އުމުރުން 18 މަސްދުވަސް ވެފައިވާ (މީދަލެއްގެ އެންމެ ދިގު އުމުރާ ގާތްވެފައިވާ) ކަމަށް ޓެސްޓްތަކުން ވަނީ އެނގިފަ އެވެ.
"އަހަރެމެންގެ މައުލޫމާތުން ފާހަގަވަނީ މުސްކުޅި މީދަލަށް ، އުމުރުގެ ފަހުކޮޅުގައި ޒުވާން މީދަލުގެ ލޭ އެޅުމުން ސިނެޕްޓިކް ޕްލާސްޓިސިޓީ ތާޒާވެ، ވިސްނުމުގެ މަސައްކަތް ރަނގަޅުވާ ކަމަށް،" ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ޓޯނީ ވިސް ކޮރޭ ޖާނަލް ނޭޗުރަލް މެޑިސިން ގައި ލިއުއްވާފައިވާ ކަމަށް ދަ އިންޑިޕެންޑެންޓް ނޫހުގައިވެ އެވެ.
ޒުވާން ލޭ އެޅުމުން އިންސާނުންނަށް އެފަދަ ބަދަލެއް އާދޭތޯ ބެލުމަށް ދިރާސާ ކުރުމަށް ކޮރޭއާއި އޭނާގެ ޓީމުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ޓެސްޓް ކުރުމަށް ނިންމާފައި ވަނީ އުމުރުން ދުވަސްވެ، ސިކުނޑީގެ މަސައްކަތަށް މައްސަލަތައް ކުރިމަތިވެފައިވާ މީހެއް ކަމަށް ނޫހުގައި ވެއެވެ.