05 May 2014, 11:55
ގާފަރާއި ކާށިދޫން މީހުން ގޮވައިގެން މާލެ ދަތުރުކުރި ފެރީއަކުން ކަނޑަށް ވެއްޓު މީހަކު ސަލާމަތްކޮށްފި އެވެ.
އެވަގުތު ފެރީގައި ހުރި މީހަކު "ސަން" އާ ވާހަކަ ދައްކަމުން ބުނީ ކަނޑަށް މީހަކު ވެއްޓުނީ ގާފަރުން ފުރައިގެން އަންނަނިކޮށް ކަމަށާއި އެމީހާ ކަނޑައަށް ވެއްޓުނީ ދޯނީގެ ފަހަތުގައި ސިނގިރޭޓެއް ބޯން ހުއްޓައި ޖެހި ރާޅަކާ އެކު ކަމަށެވެ. އެމީހާ ވެއްޓުނުކަން ފެރީގައި ތިބި މީހުނަށް އެނގުމާ އެކު ފެރީ އަނބުރާލަފައި ގޮސް އެމީހާ ނަގާފައިވާ ކަމަށާއި އެމީހާ ނެގީ ވާގަނޑެއް މޫދަށް އެއްލައިގެން ކަމަށް ވެސް ސަން އާ ވާހަކަ ދެއްކި މީހާ ބުންނެވެ.
މިއަދު ހެނދުނު 11:30 އެހާކަންހާއިރު ކަނޑަށް ވެއްޓިފައި ވަނީ ކ. ކާށިދޫން މާލެ ދިއުމަށް އެ ފެރީއަށް އެރި ކާށިދޫ މީހެއް ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.