ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މިހާރު ލިބޭ 62500 ރުފިޔާގެ އިތުރަށް، މާލިއްޔަތު ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން މެމްބަރަކަށް މަހަކު 20،000 ރުފިޔާ ދިނުމުގެ އިޚްތިޔާރުދީ، ދައުލަތުގެ މުސާރައިގެ އޮނިގަނޑު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.


މާލިއްޔަތު ކޮމިޓީން އެކުލަވައިލި ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި ބުނަނީ "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ، މާލިއްޔަތު ކޮމިޓީއިން ކަނޑައަޅާ އުސޫލެއްގެ މަތިން ލިބިދިނުމަށް ފެންނަ ކަމަށް ކޮމިޓީން ހުށަހަޅާ" ކަމަށެވެ.


މި އޮނިގަނޑު މިއަދު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި 77 މެމްބަރުންގެ ތެރެއިން 74 ބޭފުޅަކު ވޯޓު ދެއްވައިގެންނެވެ.


މިއަދު ފާސްކުރި އޮނިގަޑުގައިވާ ގޮތުން މުސާރައިގެ އެންމެ ބޮޑު ކުރިއެރުމެއް ލޮބިފައިވަނީ ޖުޑިޝަރީގެ މުސަރަތަކަށެވެ. ޖުޑިޝަރީގެ މުސާރަ 87 ޕަސެންޓް ބޮޑުކޮށްފައިވެ އެވެ.


މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ބަޖެޓުން 249.5 މިލިޔަން ރުފިޔާ އިތުރަށް ހަރަދުވެގެންދާނެ ކަމަށް ރިޕޯޓް ބުނެ އެވެ.


ލޯކަލް ކައުންސިލްތަކަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ތައާރަފް ކުރެވޭ މަގާމުތަކެއް ކަމަށާއި އެ މަގާމުތަކުގެ މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި 175 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށްވެ އެވެ.


"އޭގެ އިތުރުން މެޑިކަލް އިންޝުއަރެންސްގެ ގޮތުގައި 15 މިލިޔަން ރުފިޔާ 1096 ބޭފުޅުންނަށް ހަދަރު  ކުރުމަށް ވަނީ ނިންމައިފައި،"