04 May 2014, 16:21
ހެންވޭރު ގެއެއްގެ ސިޑިމަތީގައި އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އުމުރުން 17 އަންހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު މެންދުރު 2:48 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ލިބެމުން އަންނަ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާ އަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައި ވަނީ ދެ މީހަކު ވެގެންނެވެ.