އޭޑީކޭ ކޮމްޕެނީގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)ގެ މަންމަ ނިޔާވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިފަހަރު ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އޭޑީކޭ ނާޝިދުގެ މަންމަ މ. ޕޯލްސްޓާ، ޝާފިއާ ހަސަން،74، ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ 11:19 އެހާކަންހާއިރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާފިއާ ނިޔާވެފައި ވަނީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ދެމުންދަނިކޮށެވެ. އޭޑީކޭ ނާޝިދުގެ މަންމަ ޝާފިޔާ ވަޅުލާފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އެވެ.