ފިއޮރެންޓީނާ 3-1 ލަނޑުން ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ފަސް ވަނަ ފަހަރަށް ނަޕޯލީ އިން ރޭ އުފުލާލައިފި އެވެ.

ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯ ސްޑޭޑިއަމްގައި ރޭ ހިނގާދިޔަ ހަމަނުޖެހުންތަކަކާ ގުޅިގެން 45 މިނެޓް ފަހުން ފެށުނު މި މެޗުގައި ނަޕޯލީ އިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު އެޓީމަށް ޖަހައި ދިނީ ޒުވާން ފޯވަޑް ލޮރެންޒޯ އެވެ. އަދި އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ޑްރައިއެސް މާޓެންސް އެވެ.

ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ނަޕޯލީ ކޮޅަށް ފިއޮރެންޓީނާ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހުއާން ވާގޯސް އެވެ.

ނަޕޯލީގެ ގޯކާން އަށް ރޭގެ މެޗުގެ 79 ވަނަ މިނެޓުގައި ދެ ރީނދޫ ކާޑާ އެކު، ރަތް ކާޑެއް ދެއްމުމާ ގުޅިގެން މެޗުގެ ބާކީ ބައި ނަޕޯލީ އިން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ.

ރޭގެ މެޗަށް ފަހު ނަޕޯލީގެ ކޯޗް ބެނިޓޭޒް ބުނީ، ފައިނަލް މެޗުގައި ޓީމުގެ ހުރިހާ ކުޅުން ތެރިން ދެއްކި މޮޅު ކުޅުމަށާއި ތަށި ދިފާއުކުރަން ކުރި މަސައްކަތާއި ހިތްވަރަށް "ސާބަސް" ކިޔާ ކަމަށެވެ. އަދި މިއީ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ކޯޗް ބުންޏެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. ހުރިހާ ކުޅުންތެރިންވެސް ތަށި ހޯދުމަށް ކުރި ހިތްވަރަށް ސާބަސް."މިއީ ކުރިން ޗެލްސީ އަދި ލިވަޕޫލްގަ