04 May 2014, 12:27
މާލޭ ކަސްޓޯޑިއަލް ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފި އެވެ.
ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ހައްޔަރު ކުރި ފުލުސް މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހުގެ ރޭ 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުން ކަސްޓޯޑިއަލް ޖަލަށް އާންމުކޮށްދަނީ ކުށްވެރިންގެ އަތުން ބަޔާން ނެގުމާއި ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށެވެ.
މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް 20 އަހަރުގެ ޒުވާނަކާއި 18 އަހަރުން ދަށުގެ ކުއްޖަކު މި އަހަރުގެ ފެބްރުއަރީ މަހު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.