04 May 2014, 10:16
ސ. ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ ނައިނީ މަންޒިލް ނަމަކަށްކިޔާ ގޭގެ ކޮޓަރިއެއް ތެރޭ ރޭ 9:10 އެހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނަދާ ހުލިވި އިރު، އެގޭގައި ހިންގަމުން ދިޔަ އޮފީހަކާއި ބަދިގެއެއްގެ އިތުރުން ދެ ކޮޓަރިއަށް އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އެނގިފައެއްނުވެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ނިއްވާލެވުނީ ފަޔަމަނުންނާއި އެސަރަހައްދުގައި ދިރިއުޅޭ އާންމުންގެ އެހީތެރިކަމާ އެކު ރޭ 9:45 ހާއިރު ކަމަށެވެ.