04 May 2014, 10:08
ގަހެއްގެ އޮފިގަނޑެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުން ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ޣިޔާޒުއްދީން ސްކޫލްގެ ސަހަރާއާވީ ފަޅީގައި ހުރި ގަހެއްގެ ގޮފިގަނޑެއް ރޭ ވެއްޓި އެ ސަރަހައްދުގައި އެވަގުތު ޕާކްކޮށްފައި އޮތް ދެ ޕިކަޕަކާއި ދެ ކާރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅެއްނުވެ އެވެ.
ރޭ 12:34 އެހާކަންހާއިރު އެ ހާދިސާ ހިނގާފައި ވަނީ ބާރަށް ވައިޖެހި ވާރޭ ވެހުނު ވަގުތު އެވެ.