03 May 2014, 17:18
ޔުކްރޭނަށް 17 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމް އެފް) ގެ ޑައިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
24 މެންބަރުންގެ މައްޗަށް އެކުލެވޭ އައިއެމްއެފް ގެ ޑައިރެކްޓަރުންގެ ބޯޑުގައި ރަޝިޔާއާއި އެމެރިކާގެ މަންދޫބުންވެސް ހިމެނެއެވެ. އެބޯޑުގެ މިނިންމުމާއެކު މި 17 ބިލިޔަން ޑޮލަރުގެ ފުރަތަމަ ޕެކެޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ 3.2 ބިލިޔަން ޑޮލަރު ޔުކްރޭންގެ ސަރުކާރުގެ އެކައުންޓްތަކަށް ޓްރާންސްފަރ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އައިއެމްއެފް އިން ބުނެއެވެ.
ޔުކްރޭނަށް ދިނުމަށް އައިއެމްއެފް އިން ނިންމި 17 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނުގެ ފައިސާ އެގައުމުގެ ސަރުކާރުގެ އެކައުންޓްތަކަށް ޓްރާންސްފަރ ކުރުމަށް ހަމަޖެހިފައިވަނީ ބައި ބަޔަށް ބަލާލައިގެން ދެއަހަރު ދުވަހުގެ ތެރޭގައެވެ. މިއީ ޔުކްރޭނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ އަދި އެގައުމުގައި ކުރިޔަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ފޫބެއްދުމުގެ ގޮތުން ދިނުމަށް ނިންމި ލޯނެއް ކަމަށް އައިއެމްއެފް އިން ބުނެއެވެ. (ރޮއިޓާސް)