03 May 2014, 14:42
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑިމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމާ ގުޅޭ ގަވައިދު އެކުލަވާލައިފި އެވެ.
މިދިޔަ ބުދަ ދުވަހު އާންމުކުރި މި އުސޫލުތަކުގައިވާ ގޮތުން ޑީޖޭއޭގެ ހިނގަމުންދާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ސިޔާސަތާއި އުސޫލުތަކުގެ ދަށުންނެވެ. އަދި އެ ޑިޕާޓްމަންޓް ހިނގަމުންދަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ކަނޑައަޅަން ވާނެ ކަމަށް ވެސް އެ އުސޫލުތަކުގައި ބުނެފައިވެ އެވެ.
އަދި އެގޮތަށް ކަނޑައަޅާ ފަނޑިޔާރުގެ މައްސޫލިއްޔަތު އަދާކުރުމުގެ ދައުރަކީ އެ އަހަރު ކަމަށް ވަނީ ބުނެފަ އެވެ. އަދި އެހެންމެ އެ ފަނޑިޔާރުގެ މައްސޫލިއްޔަތުތައް ވެސް އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ.
ޑީޖޭއޭގެ އުސޫލުތައް ކަނޑައަޅާފައި ވަނީ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުގެ ދަށުން އެ ކޯޓުން ވަނީ ބުނެފަ އެވެ. ޑީޖޭއޭ އަކީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ބެލެނިވެރިފަރާތެވެ.