03 May 2014, 09:38
ރޭ 11 ޖަހާކަންހާއިރު މެދުޒިޔާރަތް ކައިރިން ތިން ސައިކަލެއް ޖެހި އެކްސިޑެންޓުވެ، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އަނިޔާވެފައިވާ ދެ މީހުންނަކީ ވެސް އެކްސިޑެންޓުގެ ތިން ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި އިން ދެ މީހުން ކަމަށެވެ.
"އަނެއް ދެ ސައިކަލުގައި ކޮންމެ ސައިކަލެއްގައި އިނީ އެކަކު. އަނިޔާވި ދެ މީހުން ހޮސްޕިޓަލަށް ގެންދިޔަ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ފުލުހުން ބުނީ އަނިޔާވި ދެ މީހުންނަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް ލިބިފައިނުވާ ކަމަށެވެ. އަދި އެކްސިޑެންޓުގެ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ އިދާރާ އިން ބުންޏެވެ.