ކްރިމިނަލް ކޯޓުގެ ކޯޓް އޮފިސަރުންނަށް އަމާޒުކޮށް ސެކިއުރިޓީ އެވައާނެސް ޓްރޭނިންގ ޕްރޮގުރާމެއް ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގެ ކޯޓް އޮފިސަރުންނަށް އަމާޒުކޮށް ސެކިއުރިޓީ އެވައާނެސް ޓްރޭނިންގ ޕްރޮގްރާމް ފަށާފައި ވަނީ އިއްޔެ ކ.މާފުށީގަ އެވެ.

އެ ޕްރޮގްރާމަކީ ކްރިމިނަލް ކޯޓުގެ ކޯޓް އޮފިސަރުންނަކީ ކޯޓަށް ހާޒިރުކުރާ ކުއްވެރިންނާ މުއާމަލާތްކުރަން ޖެހޭބަޔަކަށް ވާތީ ކުއްވެރިންނާއި މުއާމަލަތުކުރާނެ ގޮތުގެ ތައުލީމާ ތަމުރީނު ދަސްކޮށްދިނުމުގެ ގޮތުން ހިންގި ޕްރޮގުރާމެއް ކަމަށް އެ ކޯޓުން ބުންޏެވެ.

ކ.މާފުށިގައި ހުންނަ ތައުލީމާ މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުޒުގައި ބޭއްވި އެ ޓްރޭނިންގ ޕްރޮގުރާމް ފައްޓަވާދެއްވަމުން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ވިދާޅުވީ ތައުލީމާ ތަމުރީނަކީ ކޮންމެ މީހަކަށްވެސް ބޭނުންވާނޭ އެއްޗެއްކަމަށާއި އެހެންކަމުން ކްރިމިނަލް ކޯޓަށް ހާޒިރުކުރާ ކުއްވެރިންނާއި މުއާމަލަތް ކުރަންޖެހޭ ކޯޓުގެ މުވައްޒަފުންނަށް މިފަދަ ޓްރޭނިންގ ދިނުމަކީ ވަރަށް މުހިއްމުކަމުގައެވެ.

މި ޕްރޮގުރާމުގައި ޓްރޭނިންގ ދީފައި ވަނީ ޖުޑިޝަލް ސެކިއުރިޓީ ޑިވިޒަންގެ ބޭފުޅުންނާއި މޯޑިވިސް ކަރެކްޝަނަލް ސަވިސްގެ ކ.މަފުށީ ޕްރިޒަން އެކަޑަމީގެ ބޭފުޅުންނެވެ.

މި ތަމުރީން ޕްރޮގުރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހި ފައިވަނީ މާދަމާގެ ނިޔަލަށް ކަމަށް އެ ކޯޓުން ބުންޏެވެ.