ޓެކްސީއެއް ކޮންޓްރޯލު ނުވެގޮސް ޓްރެފިކް ލައިޓްގެ ދަގަނޑަކަށް އަރައިފި އެވެ.

މިއަދު ހެނދުނު، މަޖީދީމަގާއި ޗާނދަނީމަގު ހަތަރު އަނގޮޅީ ކަންމަތީގައި ހިންގި އެކްސިޑެންޓްގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ކާރު ދުއްވަން އިން މީހާ އަށް ވަނީ މާބޮޑު ގެއްލުމެއް ނުވެ ސަލާމަތްވެފަ އެވެ.

އެ އެކްސިޑެންޓްގައި ކާރުގެ ބޮނެޓް ތެރެއަށް ދަގަނޑު ވަދެ ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.

އަދި ކާރުގޮސް ޖެހުނުލެއް ބާރުކަމުން ޓްރެފިކް ލައިޓްގެ ދަގަނޑު ވެސް ވަނީ އަރިއަޅާލާފަ އެވެ.