މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވަޅި ހެރި މައްސަލައާ ގުޅިގެން އުމުރުން 20 އަހަރުގެ ޒުވާނަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރި މީހާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ 11:50 އެހާކަންހާ އިރު ހުޅުމާލޭގައި ވަޅި ހަރާ ޒަހަމްކޮށްލާފައި ވަނީ ޏ. ފުވައްމުލަކު، އިބްރާހިމް އައުޝަމް، 25، އެވެ.

އެ މީހާގެ ގައިގެ ހަތަރު ތަނަކަށް ވަނީ ވަޅި ހަރާފަ އެވެ. އެ ހަމަލާ އޭނާ އަށް ދީފައި ވަނީ ހުޅުމާލޭ "ޗައިނާ ފުލެޓްތައް" ހުންނަ ސަރަހައްދުގަ އެވެ.