Last Updated:
1 decade 2 year ago

އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް: އެންމެ މޮޅު ފިލްމަކަށް "އިނގިލި"

    ބުލޮގު ޚުލާސާ
    އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސްގެ ހާއްސަ ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ބައްލަބާ ފަރާތްތަކަށް މަރުހަބާ!

    ދިވެހި ފިލްމް އިންޑަސްޓްރީގައި ދެވޭ އެންމެ އަގުބޮޑު އެވޯޑް ހަފްލާ މިފަހުރުވެސް އިންތިޒާމް ކޮށްފައިވަނީ ކުރީގެ ދެ ހަފުލާ ވެސް އިންތިޒާމްކުރި ހައިރައިޒުން. މިފަހަރުގެ ހަފްލާ ވެސް ކުރިއަށް ދަނީ އޮލިމްޕަހުގައި.

    00:58

    ހަފްލާ ނިންމާލައިފި.
    00:47

    ރަވީގެ ފިލްމު އިނގިއްޔަށް ވަނީ މި އެވޯޑް ހަފްލާގައި ގިނަ ދާއިރާތަކަކުން އެވޯޑް ހޯދާފައި.
    00:46

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ރަވީ ފާރޫގު ޑައިރެކްޓްކޮށްފައިވާ ފިލްމު "އިނގިލި".

    00:46

    އެވޯޑް ހަވާލުކޮށްދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.

    00:41

    އެވޯޑް އިއުލާން ކުރަނީ، ފާތިމަތު ނަހުލާ.
    00:41

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ފިލްމަށް ވާދަކުރަނީ:
    ދިލަކަނި
    އިނގިލި
    މިހަށިން ފުރާނަ ދަންދެން
    00:41

    ްދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ފިލްމު ހޮވުން.

    00:39

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގައި ބެލުންތެރިންގެ ނަޒަރުގައި އެންމެ މޮޅު ފިލްމަށްދޭ "ވިއުވާސް ޗޮއިސް އެވޯޑް" ލިބުނީ 1165 އެސްއެމްއެސް ލިބިގެން ފިލްމު ބޮޑީ ގާޑް.
    00:38

    އެވޯޑް ހަވާލުކޮށްދެއްވަނީ ޑިފެންސް މިނިސްޓަރު ނާޒިމް
    00:37

    ދެން އޮތީ ބެލުންތެރިންގެ ނަޒަރުގައި އެންމެ މޮޅު ފީޗާޑް ފިލްމަށްދޭ އެވޯޑް "ވިއުވާސް ޗޮއިސް އެވޯޑް"
    00:32

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކޮކޯ ހަސަން ހަލީމަށް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް.
    00:32

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބެނީ ފާއިތުވީ 24 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފިލްމީދާއިރާއަށް އަގު ނުކުރެވޭފަދަ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކޮކޯ ހަސަން ހަލީމް.
    00:28

    ދެން އޮތީ ފިލްމީ ދާއިރާއަށް ގިނަދުވަހު ހިދުމަތްކޮށްދެއްވި ފަރާތަކަށް ހާއްސަކޮށްގެން ދެވޭ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ދިނުން

    00:25

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރަކީ ރަވީ ފާރޫގް (ފިލްމް އިނގިލި)

    00:24

    އެވޯޑް ހަވާލުކޮށްދެއްވަނީ ފިލްމީ ދާއިރާގައި ގިނަދުވަހު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަހްމަދު ނިމާލު
    00:23

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރަކަށް ވާދަކުރަނީ:
    ހުސެއިން މުނައްވަރު (ދިލަކަނި)
    ރަވީ ފާރޫގް (އިނގިލި)
    ރަވީ ފާރޫގް (މިހަށިން ފުރާނަ ދަންދެން)
    00:23

    ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރު ހޮވުން.

    00:20

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވުނީ
    ފިލްމު އިނގިލިން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)

    00:18

    އެވޯޑް ހަވާލުކޮށްދެއްވަނީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަދި ރަވީ ފާރޫގު.
    00:18

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ވާދަކުރަނީ:
    އިސްމާއިލް ރަޝީދު (އިނގިލި)
    އިސްމާއިލް ރަޝީދު (ދިލަކަނި)
    ޔޫސުފް ޝަފީއު (ފަތިސްހަނދުވަރުގެ ފެށުން)
    00:17

    ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ފިރިހެން އެކްޓަރު ހޮވުން.

    00:15

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވުނީ
    ނިއުމާ މުހައްމަދު (ފިލްމު ދިލަކަނި)

    00:14

    އެވޯޑް ހަވާލުކޮށްދެއްވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އަދި އައްޒަ.
    00:13

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އަންހެން އެކްޓަރަކަށް ވާދަކުރަނީ:
    ފާތިމަތު ފަރީލާ (ފަތިސްހަނދުވަރުގެ ފެށުން)
    ނިއުމާ މުހައްމަދު (ދިލަކަނި)
    ނިއުމާ މުހައްމަދު (މިހަށިން ފުރާނަ ދަންދެން)
    00:12

    ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އަންހެން އެކްޓަރު ހޮވުން.
    23:57

    ދެން އޮތީ ފުރަދަން ބޮޑުބެރު ގްރޫޕްގެ އައިޓަމެއް.
    23:54

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް ހޮވުނީ
    އަބްދުﷲ މުއާޒް (އިނގިލި)

    23:53

    އެވޯޑް ހަވާލުކޮށްދެނީ އިބްރާހީމް ފަޔާޒް އަދި ޝީލާ ނަޖީބު
    23:52

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް ވާދަކުރަނީ:
    އަހުމަދު ނިމާލް (މިހަށިން ފުރާނަ ދަންދެން)
    މުހައްމަދު މަނިކު (ދިލަކަނި)
    އަބްދުﷲ މުއާޒް (އިނގިލި)

    23:51

    ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓަރު ހޮވުން.

    23:48

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކަށް ހޮވުނީ ފިލްމު ދިލަކަނިން ރިޝްފާ.
    23:47

    އެވޯޑް ހަވާލުކޮށްދެނީ އަލީ ސީޒަން އަދި ހުސެއިން މުނައްވަރު
    23:46

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކަށް ވާދަކުރަނީ:
    އައިޝަތު ރިޝްމީ (ލަވް ސްޓޯރީ)
    ރިޝްފާ (ދިލަކަނި)
    މަރިޔަމް ޝަކީލާ (މިހަށިން ފުރާނަ ދަންދެން)

    23:45

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ފިރިހެން އާ ތަރިއަކަށް ހޮވުނީ އަލީ ސޮފީހު ސާމިރު ފިލްމު އިނގިލި.
    23:45

    އެވޯޑް ދެނީ މަނިކު އަދި ރަޒީނާ
    23:45

    އެވޯޑް ދެނީ މަނިކު އަދި ރަޒީނާ
    23:43

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ފިރިހެން އާ ތަރިއަކަށް ވާދަކުރަނީ:
    އަލީ ސޮފީހު ސާމިރު (އިނގިލި)
    ހުސައިން ޝާހިދު (ލަވް ސްޓޯރީ)
    އަހްމަދު ރީހާން (ދިލަކަނި)
    23:36

    ކުރިއަށް އޮތީ މީރާ އަދި ޔާމީންގެ އައިޓަމެއް
    23:35

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އަންހެން އާތަރިއަކަށް ހޮވުނީ އާމިނަތު ރިޝްފާ (ދިލަކަނި)

    23:35

    އެވޯޑް ހަވާލުކޮށްދެނީ ތޭރަވާ
    23:33

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އަންހެން ނިއުކަމާ: ވާދަކުރަނީ

    ސުޖީތާ އަބްދުﷲ (ބޮޑީގާޑް)
    އާމިނަތު ރިޝްފާ (ދިލަކަނި)
    ހައްވާ ޒާހިރާ (ފަތިސް ހަނދުވަރުގެ ފެށުން)

    23:32

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހޮވިފައިވަނީ މަހުދީ އަހުމަދު (ފިލްމު އިނގިލި)

    23:31

    އެވޯޑް ހަވާލުކޮށްދެނީ ޔޫސުފް ރަފީއު (ޔޫސޭ)
    23:30

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އަށް ވާދަކުރަނީ:
    މަހުދީ އަހުމަދު (ދިލަކަނި)
    މަހުދީ އަހުމަދު (އިނގިލި)
    ފާތިމަތު ނަހުލާ (މިހަށިން ފުރާނަ ދަންދެން)

    23:29

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސްކޯ:
    މުހައްމަދު އިކްރާމް (އިނގިލި)
    23:29

    އެވޯޑު ދެއްވަނީ، ކޮކާކޯލާގެ ޖެނެރަލް މެނޭޖަރު އަދި ނިއުމާ.
    23:27

    ކުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު މޮޅު ސްކޯ އަށް ވާދަކުރަނީ:
    އިބްރާހީމް ނިފާރު (ދިލަކަނި)
    އިބްރާހީމް ނިފާރު (މިހަށިން ފުރާނަދަންދެން)
    މުހައްމަދު އިކްރާމް (އިނގިލި)
    23:24

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސިނެމެޓޯގްރެފީ އަށް ހޮވިފައި ވަނީ
    ފިލްމު އިނގިލިން ހުސެއިން މުނައްވަރު

    23:24

    އެވޯޑް ހަވާލުކޮށްދެއްވަނީ ހުސެއިން ނޫރައްދީން.
    23:23

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސިނެމެޓޯގްރެފީ އަށް ވާދަކުރަނީ:

    އިނގިލި (ހުސެއިން މުނައްވަރު)
    ދިލަކަނި (އަބްދުﷲ ޝިވާޒް)
    ލަވް ސްޓޯރީ (އިބްރާހިމް ވިޝާން)

    23:23

    ކުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސިނެމެޓޯގްރެފީ ހޮވުން.
    23:22

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އާޓް ޑައިރެކްޝަންއަށް ހޮވުނީ:
    ފިލްމު އިނގިލިން (ރަވީ، މަހްދީ، ހުސެއިން މުނައްވަރު)
    23:21

    އެވޯޑް ހަވާލުކޮށްދެނީ ކޮކޯ ހަސަން
    23:20

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އާޓް ޑައިރެކްޝަންއަށް ވާދަކުރަނީ:
    އިނގިލި (ރަވީ، މަހްދީ، ހުސެއިން މުނައްވަރު)
    ފަތިސްހަނދުވަރުގެ ފެށުން (މުހައްމަދު އަލީ، އަލީ ޝިފާއު)
    ދިލަކަނި (ހަސަން ޝިޔާމް، ހުސެއިން މުނައްވަރު)
    23:20

    ކުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އާޓް ޑައިރެކްޝަން ހޮވުން.
    23:19

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އެންމެ މޮޅު އެޑިޓަރަކަށް
    ހޮވުނީ އަލީ މުސްތަފާ (ފިލްމު ދިލަކަނި)

    23:18

    އެވޯޑް ހަވާލުކޮށްދެއްވަނީ ލޫއްޕެ
    23:18

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އެންމެ މޮޅު އެޑިޓަރަކަށް
    ވާދަކުރަނީ:
    އަލީ ޝިފާއު (ފަތިސްހަނދުވަރުގެ ފެށުން)
    ރަވީ ފާރޫގް (އިނގިލި)
    އަލީ މުސްތަފާ (ދިލަކަނި)
    23:18

    ުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އެޑިޓަރު ހޮވުން.
    23:10

    ކުރިއަށް ދެން އޮތީ ޝީލާ އަޒޭ އަދި ޖުމާހުގެ އައިޓަމެއް.
    23:08

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު މޭކަޕް އާޓިސްޓަކަށް ހޮވުނީ

    ހަސަން އާދަމް (ފަތިސްހަނދުވަރުގެ ފެށުން)

    23:08

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު މޭކަޕް އާޓިސްޓަކަށް: ވާދަކުރަނީ
    މުހައްމަދު މަނިކު (ދިލަކަނި)
    ހަސަން އާދަމް (ފަތިސްހަނދުވަރުގެ ފެށުން)
    މުހައްމަދު މަނިކު (މިހަށިން ފުރާނަދަންދެން)

    23:05

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން: ފިލްމު ދިލަކަނި
    23:05

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން އަށް ވާދަކުރަނީ:

    ދިލަކަނި
    އިނގިލި
    މިހަށިން ފުރާނަ ދަންދެން

    23:04

    ކުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން ހޮވުން.
    23:02

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ވިޝުއަލް އިފެކްޓްސް އަށް ހޮވުނީ

    އަހުމަދު ސިނާން (ފަތިސްހަނދުވަރުގެ ފެށުން)

    23:01

    އެވޯޑް ހަވާލުކޮށްދެނީ އަބްދުﷲ މުއާޒު އަދި އައިޝަތު ރިޝްމީ.
    23:00

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ވިޝުއަލް އިފެކްޓްސް ވާދަކުރަނީ:

    އަހުމަދު ސިނާން (ދިލަކަނި)
    އަހުމަދު ސިނާން (އިނގިލި)
    އަހުމަދު ސިނާން (ފަތިސްހަނދުވަރުގެ ފެށުން)

    22:59

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސައުންޑް އެޑިޓިން:

    މުހައްމަދު އިކްރާމް (އިނގިލި)

    22:58

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސައުންޑް އެޑިޓިންއަށް ވާދަކުރަނީ:

    އަލީ މުސްތަފާ/އިބްރާހިމް ނިފާރު (ދިލަކަނި)
    މުހައްމަދު އިކްރާމް (އިނގިލި)
    އަލީ ޝިފާއު (ފަތިސްހަނދުވަރުގެ ފެށުން)

    22:57

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސައުންޑް މިކްސިން ފިލްމު އިނގިލިން މުހައްމަދު އިކްރާމް.
    22:55

    އެވޯޑް ހަވާލުކޮށްދެއްވަނީ މުހައްމަދު ފައިސަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު.
    22:55

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސައުންޑް މިކްސިން އަކަށް ވާދަކުރަނީ:
    އަލީ މުސްތަފާ (ދިލަކަނި)
    މުހައްމަދު އިކްރާމް (އިނގިލި)
    އަލީ ޝިފާއު (ފަތިސްހަނދުވަރުގެ ފެށުން)

    22:55

    ކުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ސައުންޑް މިކްސިން ހޮވުން
    22:54

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ކޮރިއޯގްރާފަރަކީ ފިލްމު ލަވްސްޓީރީ އިން އަބްދުލް ފައްތާހު.
    22:53

    އެވޯޑް ހަވާލުކޮށްދެނީ އައިމިނަތު ރިޝްފާ އަދި މޫސާ އިޒްމީލް.
    22:52

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ކޮރިއޯގްރާފަރ އަކަށް ވާދަކުރަނީ:
    އަބްދުލް ފައްތާހު (ލަވް ސްޓޯރީ)
    ރަވީ ފާރޫގް (މިހަށިން ފުރާނަ ދަންދެން)
    ފާތިމަތު ފަރީލާ (ފަތިސްހަނދުވަރުގެ ފެށުން)
    22:52

    ކުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ކޮރިއޯގްރެފީ ހޮވުން.
    22:44

    ދެން އޮތީ މަޝްހޫރު ފަންނާނު އަލީ ސީޒަންގެ އައިޓަމެއް.
    22:43

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޅެމަކަށް ހޮވުނީ ފަތިސް ހަނދުވަރު (އިސްމާއިލް މުބާރަކް)
    22:42

    އެވޯޑު ހަވަލުކޮށްދެއްވަނީ މުހައްމަދު އަބްދުﷲ އަދި އާރިފާ އިބްރާހީމް.
    22:42

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޅެމަށް ވާދަކުރަނީ:
    ޒުވާން ތިޔަ ނަން (ޝިފާ ތައުފީގު)
    ފަތިސް ހަނދުވަރު (އިސްމާއިލް މުބާރަކް)
    ސިހިއްޖެ ބިރުން (މައުސޫމް ޝާކިރު)
    22:40

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އޮރިޖިނަލް ލަވައަކީ

    އައްޔުމަން ޝަރީފު ފަތިސްހަނދުވަރުގެ ފެށުމަށްަ ހަދާފައިވާ "ވަމޭ ފުން ހިޔާލުތަކުގައި"

    22:39

    އެވޯޑް ހަވާލުކޮށްދެނީ ޕައިޑޭ އަދި ވަލީދާ ވަލީދު.
    22:39

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އޮރިޖިނަލް ލަވަ އަށް ވާދަކުރަނީ:
    މުހައްމަދު އަބްދުލްޣަނީ (މިހަށިން ފުރާނަދަންދެން)
    އައްޔުމަން ޝަރީފް (ފަތިސްހަނދުވަރުގެ ފެށުން)
    މޫސާ ސަމާއު/މުހައްމަދު އަބްދުލްޣަނީ (މިހަށިން ފުރާނަދަންދެން)

    22:38

    ކުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު އޮރިޖިނަލް ލަވަ ހޮވުން.
    22:36

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޕްލޭބެކް ފިރިހެން ލަވަކިޔުންތެރިޔަކަށް ހޮވުނީ މުހައްމަދު އަބްދުލްޣަނީ (ފަތިސް ހަނދުވަރުގެ ފެށުން - ވަމޭ ފުން ހިޔާލުތަކުގައި)
    22:35

    އެވޯޑް ހަވާލުކޮށްދެނީ ސޮބާ އާއި ރަވީ ފާރޫގު
    22:34

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޕްލޭބެކް ފިރިހެން ލަވަކިޔުންތެރިޔާއަށް ވާދަކުރަނީ
    މުހައްމަދު އަބްދުލްޣަނީ (ފަތިސް ހަނދުވަރުގެ ފެށުން - ވަމޭ ފުން ހިޔާލުގައި)
    މުހައްމަދު އަބްދުލްޣަނީ (ފަތިސްހަނދުވަރުގެ ފެށުން - ފަތިސް ހަނދުވަރުގެ ފެށުން )
    އަހުމަދު ޔާފިއު (ދިލަކަނި - ދިލަކަނި)

    22:34

    ކުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޕްލޭބެކް ފިރިހެން ލަވަކިޔުންތެރިޔާ ހޮވުން.
    22:32

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޕްލޭބެކް އަންހެން ލަވަކިޔުންތެރިޔަކަށް ހޮވުނީ މީރާ މުހައްމަދު މާޖިދު ފިލްމު ލަވް ސްޓޯރީ "މިޖެހޭ ވައިގާ"
    22:31

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014ގެ ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޕްލޭބެކް އަންހެން ލަވަކިޔުންތެރިޔާއަށް ވާދަކުރަނީ:

    މީރާ މުހައްމަދު މާޖިދު (ފިލްމު: ލަވް ސްޓޯރީ މިޖެހޭ ވައިގާ)
    ޝިފާ ތައުފީގު (ފިލްމު: ފަތިސްހަނދުވަރުގެ ފެށުން- ވަމޭ ފުން ހިޔާލުތަކުގައި)
    ރާފިޔަތު ރަމީޒާ (ފިލްމު: ދިލަކަނި - ދިލަކަނި)

    22:31

    ފީޗާޑް ފިލްމުގެ ބައިން އެންމެ މޮޅު ޕްލޭބެކް އަންހެން ލަވަކިޔުންތެރިޔާ ހޮވުން.
    22:31

    ކުރިއަށް ދެން އޮތީ ފީޗާޑް ފިލްމުގެ ބައިން އެކި ދާއިރާތަކަށް އެވޯޑު ދިނުން
    22:24

    މިހާރު ކުރިއަށްދަނީ ހަމްދޫން ފާރޫގު (އައްކީ)ގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް.
    22:19

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 އެންމެ މޮޅު ކުރުފިލްމަކަށް ހޮވުނީ މި ކެޓަގަރީން އެންމެ ގިނަ އެވޯޑް ހޯދި ފަރިހިބެ 4.
    22:18

    އެވޯޑް ހަވާލުކޮށްދެއްވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

    22:18

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 އެންމެ މޮޅު ކުރުފިލްމަށް ވާދަކުރަނީ:
    ސިޔާސީ ކޯޅުން
    13 އަށް ވިސްނާ
    ފަރިހިބެ 4

    22:18

    ކުރިއަށް ދެން އޮތީ އެންމެ މޮޅު ކުރު ފިލްމު ހޮވުން.
    22:13

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރަކަށް މުއާ ހޮވުނީ ފިލްމު ފަރިހިބެ 4
    22:12

    އެވޯޑް ހަވާލުކޮށްދެއްވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ
    22:12

    ކުރިއަށް ދެން އޮތީ ކުރު ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރު ހޮވުން:

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރަކަށް ވާދަކުރަނީ،

    އަބްދުﷲ މުއާޒު (ސިޔާސީ ކޯޅުން)
    އަބްދުﷲ މުއާޒު (13 އަށް ވިސްނާ)
    އަބްދުﷲ މުއާޒު (ފަރިހިބެ 4)

    22:10

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު އެކްޓްރަކަށް މުހައްމާ ހޮވުނީ ފިލްމު ފަރިހިބެ 4 އިން
    22:09

    އެވޯޑް ހަވާލުކޮށްދެނީ ފިލްމީތަރި މަރިޔަމް ޝަކީލާ އަދި ހަމީޝް
    22:09

    ކުރިއަށް ދެން އޮތީ ކުރު ފިލްމުގެ ބައިން އެންމެ މޮޅު އެކްޓަރު ހޮވުން:
    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު އެކްޓްރަކަށް ވާދަކުރަނީ، ހަމަ އެކަނި މުހައްމަދު އަބްދުﷲ (މުހައްމާ). މުހައްމާ ވަނީ ތިން ފިލްމަކުން އެ މަގާމަށް ނޮމިނޭޓްވެފައި. އެއީ ފަރިހިބެ 4، ސިޔާސީ ކޯޅުން، 13އަށް ވިސްނާ.
    22:07

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވުނީ ފިލްމު ފަރިހިބެ 4 އިން ފާތިމަތު އާޒިފާ (އަޒޫ)
    22:06

    އެވޯޑް ހަވާލުކޮށްދެނީ ދެނީ އިންޑިއާގެ ހައިކޮމިޝަނަރު ރަޖީވް ޝަހާރެ އާއި ލަވަކިޔުންތެރިޔާ އަޝްފާ
    22:04

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު އެކްޓްރެސްގެ މަގާމަށް ވާދަކުރަނީ:
    ނިއުމާ މުހައްމަދު – ފިލްމު 13 އަށް ވިސްނާ.
    ޒީނަތު އައްބާސް – ފިލްމު ސިޔާސީ ކޯޅުން.
    ފާތިމަތު އާޒިފާ – ފަރިހިބެ 4.

    22:04

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓްރަކަށް ކޮޕީއިއްސެ ހޮވުނީ ފިލްމު ފަރިހިބެ 4 އިން.
    22:02

    މި އެވޯޑް ހަވާލުކޮށް ދެނީ މިއުޒިކް ކޮމްޕޯސަރ އަދި ލަވަކިޔުންތެރިޔާ އިބްރާހިމް އަލީ (ކުޑައިއްބެ) އާއި ކުރިއަރަމުން އަންނަ ފިލްމީ ތަރި ފާތިމަތު އާޒިފާ (އަޒޫ)

    22:02

    ކުރިއަށް ދެން އޮތީ ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓަރު ހޮވުން:
    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓްރަކަށް ވާދަކުރަނީ، ހަމަ އެކަނި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ). އިއްސެ ވަނީ ތިން ފިލްމަކުން އެ މަގާމަށް ނޮމިނޭޓްވެފައި. އެއީ..ފަރިހިބެ 4، ސިޔާސީ ކޯޅުން، 13އަށް ވިސްނާ.

    21:48

    ކުރިއަށް އޮތީ ޖާދު އަދި އައްޒަގެ ހިތްގައި އައިޓަމެއް.

    21:47

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އަކަށް ހޮވުނީ.... އައިޝަތު ރިޝްމީ (ފިލްމް: ފަރިހިބެ- 4)
    21:46

    އެވޯޑް ހަވާލުކުރަނީ އަމްޖަދު އަދި ރާފިޔާ.
    21:45

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ވާދަކުރަނީ
    އައިޝަތު ރިޝްމީ (ފިލްމް: ފަރިހިބެ- 4)
    ފާތިމަތު އާޒިފާ (13 އަށް ވިސްނާ، ސިޔާސީ ކޯޅުން)
    21:44

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު އޮރިޖިނަލް ސްކްރީން ޕްލޭ.... އަހްމަދު ފަލާހް (ފިލްމް: ފަރިހިބެ -4)
    21:43

    ކުރިއަށް އޮތް އެވޯޑަކީ...ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސްކްރީން ޕްލޭ: ވާދަކުރަނީ
    އަހްމަދު ފަލާހް (ފިލްމް: ފަރިހިބެ -4، ސިޔާސީ ކޯޅުން، 13 އަށް ވިސްނާ)
    21:42

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު އެޑިޓިން..... އަބްދުﷲ މުއާޒް (ފިލްމް : ސިޔާސީ ކޯޅުން)
    21:41

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު އެޑިޓިން: ވާދަކުރަނީ

    އަބްދުﷲ މުއާޒް (ފިލްމް: ފަރިހިބެ- 4، ސިޔާސީ ކޯޅުން)
    އަލީ ޝިފާއު (ފިލްމް: ވޫޑޫ)

    21:40

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސިނަމޮޓޯގްރަފީ:
    އިބްރާހިމް ވިޝާން (ފިލްމް: ފަރިހިބެ- 4)
    21:39

    އެވޯޑް ހަވާލުކޮށްދެނީ، އާމިރާ އަދި އަޒޭ
    21:39

    އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސިނަމޮޓޯގްރަފީ އަށް ވާދަކުރަނީ

    ޝިވާޒް އަބްދުﷲ (ފިލްމް: 13 އަށް ވިސްނާ)
    އިބްރާހިމް ވިޝާން (ފިލްމް: ސިޔާސީ ކޯޅުން، ފަރިހިބެ- 4)

    21:35

    .އިލްޝާ މޯލްޑިވްސް ފިލްމު އެވޯޑްސް 2014 ކުރު ފިލްމުގެ ބައިން އެންމެ މޮޅު މޭކަޕް އާޓިސްޓަކީ... އައިޝަތު ރިޝްމީ، ފާތިމަތު އާޒިފާ (ފަރިހިބެ 4)
    21:34

    އެންމެ މޮޅު މޭކަަޕް އާޓިސްޓަށް އެވޯޑް ހަވާލުކޮށްދެނީ، ސުނީތާ އަދި ކޮޕީ އިއްސެ.
    21:27

    ހަފްލާ ފެށުމުގެ ގޮތުން މަޝްހޫރު މިއުޒިކް ފަންނާނު މޫސާ ސަމާއު ލަވައެއް މިހާރު ހުށަހަޅަނީ. ސަމާއު ހުށަހަޅައިދެނީ "ހުވާކޮށްފާ ބުނަން....ލޯބިވޭ".
    21:26

    އެވޯޑް ހަފްލާ ފަށައިގެން ކުރިއަށް ދަނީ.
    21:21

    މިރޭގެ އެވޯޑް ހަފްލާއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަޑައިގެންފި. އަދި ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ހަފްލާގައި ބައިވެރިވެވަޑައިގަންނަވާ.
    21:18

    އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު މިފަހަރުގެ އެވޯޑް ބާއްވާއިރު، މިފަހަރު އެވޯޑް ދިނުމަށް ފިލްތައް ނަގާފައިވަނީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ނެރެފައިވާ ފިލްމުތައް ހިމަނައިގެން.
    21:17

    އެވޯޑް ތައާރަފްކުރި 2011 އަދި ޖެހިގެން އައި 2012 ވަނަ އަހަރު އެވޯޑް ހަފްލާ ބޭއްވިނަމަވެސް މިދިޔަ އަހަރު އެވޯޑް ބާއްވާފައެއް ނުވޭ.
    21:13

    ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތެރިވާ ފަންނާނުންގެ އަގުވަޒަންކުރުމަށް 2011 ވަނަ އަހަރު ތައާރަފްކުރި މޯލްޑިވްސް ފިލްމް އެވޯޑްސް ބާއްވާ މިއީ ތިންވަނަ ފަހަރު.