29 Apr 2014, 19:40
ހަތް މީހުންނާއެކު ދަތުރު ކުރި ސަފާރިއެއް ނ. ދިގުރަށު ފަރަށް އަރައިފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:15 އެހާކަށް ހާއިރު ހިނގި އެ ހާދިސާގައި ނ. ދިގުރަށު ފަރަށް އަރާފައި ވަނީ ހަވޭލި އަޒުލް ނަމަކަށް ކިޔާ ސަފާރިއެއް ކަމަށެވެ.
ހަވޭލި އަޒުލް ފަރަށް އެރި އިރު އެ ސަފާރީގައި ދެ ދިވެހިންނާއި ފަސް ބިދޭސީއަކު ތިބި ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި ސަފާރީގައި ތިބި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެ ހާދިސާ ހިނގުމާއެކު ނ. އަތޮޅު މަނަދޫގައި މަސައްކަތް ކުރާ ފުލުހުންގެ ޓީމެއް ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ގޮސް އެ ސަފާރިއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.