29 Apr 2014, 18:24
ދުނިޔޭގެ އެތައް މިލިޔަން ބަޔަކު ހިލޭ ޗެޓް ކުރުމަށާއި، އޯޑިއޯ ކޯލް ކުރުމަށް އަދި ފޮޓޯ "ޝެއާ"ކުރުމަށް ބޭނުންކުރާ އެޕްލިކޭޝަން "ވައިބާ" ގެ ހިދުމަތް ހަތަރު ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު އަލުން ދޭން ފަށައިފި އެވެ.
މިއަދު މެންދުރު ފަހު 2:00 ކަންހާއިރުން ފެށިގެން ވައިބާގެ ހިދުމަތަށް ވަނީ، ބުރޫ އަރާފަ އެވެ. އަދި ވައިބާގެ ޓްވިޓާ އެކައުންޓުގައި ބުނެފައި ވަނީ، ހިދުމަތަށް މައްސަލަތަކެއް ދިމާވަމުންދާތީ ވީ އެންމެ އަވަހަކަށް އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ވައިބާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ހިދުމަތް އަނބުރާ ދޭން ފަށާފައިވާ ކަމަށެވެ.
Service has been restored - thanks for hanging in there! We love you guys!
— Viber (@Viber)April 29, 2014
ރާއްޖެފަދަ މުވާސަލާތީ ހިދުމަތުގެ އަގު ބޮޑު ގައުމުތަކުގައި، ވައިބާ ފަދަ ހިލޭ މުވާސަލާތުކުރެވޭ ވަސީލަތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ.