ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަންއެއް ކަމަށްވާ ވައިބާގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ވައިބާ އިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ "ވައިބާގެ ހިދުމަތައް ބުރޫ އަރަމުންދާކަން ފާހަގަކުރެވޭ، ހުރިހާ ފަރާތަކުން ދެއްވާ އެހީތެރިކަމަށް ޝުކުރިއްޔާ، އަލުން އަނބުރާ ހިދުމަތް ދިނުމަށް މިދަނީ މަސައްކަތް ކުރަމުން،" ކަމަށެވެ.



ވައިބާ މެދުކެނޑެން ދިމާވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.

ވައިބާ އިން މީގެ ދެ ގަޑިއިރު ކުރިން ކޮށްފައިވާ އިތުރު ޓުވީޓެއްގައި ބުނެފައި ވަނީ ވައިބާ މެދުވެރިކޮށް އެއްފަރާތުން އަނެއް ފަރާތެއް ގުޅުވައިި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.


ވައިބާ އަކީ ގިނަ ބަޔަކު މުއާސަލާތުކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ.