ސަރުކާރުން ބަލަމުން އަންނަ ކުޑަކުދިން ބެލެހެއްޓުމަށް ހާއްސަކޮށް ވިލިނގިލީގައި ހަދާފައިވާ ކުޑަކުދިންގެ ހިޔާގައި ބޮޑު މާރާމާރީއެއް މިދިޔަ ހޮނިހިރު ދުވަހު ހިންގައިފި އެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީގައި ޒަހަމްވި މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ވެސް ކުރި އެވެ.

މާރާމާރީއާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް މިއަދު ނުލިބުނެވެ. ކުޑަކުދިންގެ ހިޔާ އިން ފޯނު ނުނަގާތީ އެތަނުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައި ވަނީ ކުޑަކުދިންގެ ހިޔާގެ މުވައްޒަފަކަށެވެ.

ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ކުދިންގެ ތެރޭގައި އަދި މުވައްޒަފުންނާއި އެ ކުދިންނާ ދެމެދު ދޭތެރެއަކުން މާރާމާރީ ހިންގަ އެވެ. އަދި އެތަނުން މީގެ ކުރިން ބައެއް ކުދިން ފިލައިގެން ގޮސް ބައެއް ކުށްތަކަށް އަރައިގެންފައި ވެސް އެބަހުއްޓެވެ.