އެމްޑީޕީން ކުރިއަށް ގެންދާ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުތަކުގެ ތެރެއިން ނުވަ ދާއިރާއެއްގެ އިންތިހާބު އިއްޔެ ބާއްވައި ރައީސުން އިންތިހާބުކޮށްފި އެވެ.

އެމްޑީޕީން ދާއިރާތަކުގެ އިންތިހާބުތަކުގެ ތެރެއިން އިއްޔެ ބާއްވާފައި ވަނީ ހެންވޭރު އުތުރު ދާއިރާ އާއި މެދު ހެންވޭރު ދާއިރާ އާއި މަންޗަންގޯޅި އުތުރު ދާއިރާ އާއި މަންޗަން ގޯޅި ދެކެނެ ދާއިރާ އާއި މާފަންނު ދެކެނު ދާއިރާ އާއި މާފަންނު އުތުރު ދާއިރާ އާއި ވިލިމާފަންނު ދާއިރާ އާއި މާލޭ ސިޓީ ދާއިރާ އާއި ކެލާ ދާއިރާގެ އިތުރުން ދިއްދޫ ދާއިރާގެ އިންތިހާބެވެ.

އެމްޑީޕީގެ ނުވަ ދާއިރާގެ އިންތިހާބުގެ ތެރެއިން މާލޭ ސިޓީގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ރާއްޖެ ޓީވީގެ ސީއީއޯ، އަކްރަމް ކަމާލުއްދީނެވެ. މެދު ހެންވޭރު ދާއިރާގެ ރައީސަކަށް ހޮވިފައި ވަނީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ އެވެ. ހެންވޭރު އުތުރު ދާއިރާގެ ރައީސް ކަމަށް ހޮވިވަޑައިގެންފައި ވަނީ ތަސްމީންގެ އަނބިކަބަލުން އަދި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ އަހުމަދު ޒަމީރެވެ. މާފަންނު ދެކުނު ދާއިރާ އަށް އާދަމް އަލީ ހޮވިފައިވާ އިރު ކެލާ ދާއިރާ އަށް އިންތިހާބުކޮށްފައި ވަނީ އިބްރާހިމް ޝަރީފެވެ. ދިއްދޫ ދާއިރާ އަށް އިންތިހާބުކޮށްފައި ވަނީ އަބްދުލް ހަމީދު އީސާ އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު އިބްރާހިމް ވަހީދު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ވެސް 10 ދާއިރާއެއްގެ އިންތިހާން ކުރިއަށް ދާނެ ކަމަށެވެ. އަދި މަދަމާ 11 ދާއިރާގެ އިންތިހާބް ކުރިއަށް ދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާދަމާ ދާއިރާތަކުގެ އިންތިހާބް ނިމުމަށް ފަހު ވީއެންމެ އަވަސް ފުރުސަތެއްގައި ހުރިހައި ދާއިރާއެއްގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ދާއިރާތަކުގެ އިންތިހާބު ނިމުމުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް އާއި އަންހެންގެ ރޫޙްގެ ރައީސް ހޮވުމަށް އިންތިހާބް ބާއްވާވެ ކަމަށެވެ.