މެލޭޝިޔާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުކަމަށް، ޑެޕިޔުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރޓ) މުޙަންމަދު ފަޔާޒު މިއަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފި އެވެ.

މުޙަންމަދު ފަޔާޒަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށް ޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

މުޙަންމަދު ފަޔާޒު، މެލޭޝިޔާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުކަމަށް މި ޢައްޔަނު ކުރެއްވީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) އިން ރައީސުލްޖުމްހޫރިއްޔާއަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުންނެވެ.