މިދިޔަ މާޗް މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތް ކުރި އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 6.1 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހު ރާއްޖެ އަށް 105560 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އައިސްފައި ވަނީ 99498 ޓޫރިސްޓުންނެވެ. އެހެންކަމުން އެއީ 6.1 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 23000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 33 ޕަސެންޓް އިތުރު އަދަދެކެވެ.

ސަރަހައްދުތަކަށް ބަލާ އިރު މިދިޔަ މާޗް މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓް އިން އައިސްފައި ވަނީ ޔޫރަޕް ސަރަހައްދުންނެވެ. އެގޮތުން އެސަރަހައްދުން 56995 ޓޫރިސްޓުން އަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާ އިރު 6.9 ޕަސެންޓް ދަށް އަދަދެކެވެ. އޭޝިއާ ސަރަހައްދުން 41000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވާ އިރު އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 28.6 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖެ އަށް 321561 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާ އިރު 9.7 ޕަސެންޓް އިތުރު އަދަދެކެވެ.