Last Updated:
1 decade 2 year ago

ހުޅުމާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

    ބުލޮގު ޚުލާސާ
    ހުޅުމާލޭގައި މިރޭ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

    ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ 11:50 އެހާކަންހާ އިރު ހުޅުމާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައިގެން މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ ހަމަލާގައި ޒަހަމްވި މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

    ސަން އަށް އެނގިފައިވާ ގޮތުގައި އެ މީހާގެ ގައިގެ ހަތަރު ތަނަކަށް ވަނީ ވަޅި ހަރާފަ އެވެ. އެ ހަމަލާ އޭނާ އަށް ދީފައި ވަނީ ހުޅުމާލޭ "ޗައިނާ ފުލެޓްތައް" ހުންނަ ސަރަހައްދުގައި ކަން ވެސް އެނގިފައިވެ އެވެ.

    00:23

    ސަންއަށް އެނގިފައިވާ ގޮތުގައި ވަޅި ހެރުމުން ޒަހަމްވެފައި ވަނީ ޏ. ފުވައްމުލަކު، އިބްރާހިމް އައުޝަމް، 25.