28 Apr 2014, 15:05
ޖުވެނައިލް ކޯޓުގެ ހިންގުން ގާޒީ އަހްމަދު ޝަކީލްއާ ހަވާލު ކުރައްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ، ޖުވެނައިލް ކޯޓުގެ ހިންގުން ގާޒީ ޝަކީލްއާ ހަވާލު ކުރައްވާފައި ވަނީ ކޮންމެ ހަ މަހަކުން ކޯޓު ހިންގުމާ ހަވާލުވާ ގާޒީން ބަދަލުވާގޮތަށް ކޮމިޝަނުން ނިންމި ނިންމުމުގެ ދަށުންކަމަށެވެ.
ގާޒީ ޝަކީލްއާ ކޯޓު ހިންގެވުމުން ހަވާލުކުރެވެން ދެން، ޖުވެނައިލް ކޯޓު ހިންގަވަމުން ގެންދެވީ ގާޒީ މުހައްމަދު ނައީމެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާސްކޮށްފައި ވަނީ އިސް ގާޒީން ހަމަޖައްސާފައިނުވާ ކޯޓުތައް ފިޔަވައި އެހެން ހުރިހާ ކޯޓެއްގެ ހިންގުމާ ހަވާލުވެވަޑައިގަންނަވާ ގާޒީން ކޮންމެ ހަ މަހަކުން ބަދަލުވާގޮތަށެވެ.
ސުޕީރިއާ ކޯޓުތަކުގެ ތެރެއިން އިސްގާޒީއަކު އައްޔަން ކުރައްވާފައި ވަނީ ހަމައެކަނި ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުގެ އިސް ގާޒީ އަކީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.