28 Apr 2014, 09:23
ޓީޖެޓީ އަށް ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވުމުގެ ސަބަބުން ޓީޖެޓީ ބަނދަރު ސަރަހައްދު މޫދަށް ވެއްޓިއްޖެ އެވެ.
ރޭ 23:20 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ޕިކަޕްގެ ޑްރައިވަރުގެ ފަޔަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް މާ ސީރިއަސް ގެއްލުންތަކެއް ލިބިފައެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ޕިކަޕް މޫދަށް ވެއްޓެން ދިމާވީ ޕިކަޕްގެ ބުރަކި ފެއިލްވެ، އަނބުރާ ނުލެވުމުން ޕިކަޕް ކޮންޓްރޯލް ނުވުމުގެ ސަބަބުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ފީނައިގެން ޕިކަޕުގައި ވާޖެހުމަށް ފަހު ކެރޭނެއްގެ އެހީގައި ރޭ 23:50 ހާއިރު ޕިކަޕް މޫދުން ނަގާފައިކަމަށެވެ.