27 Apr 2014, 14:24
ގއ. ކަނޑުހުޅުދޫ ވަލުތެރޭގައި ބަންގުރާ ކައްކަމުން ދިޔަ ބަޔަކު ބަނގުރަލާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ ރަށު ވަލުތެރޭގައި ބަނގުރާ ކައްކަމުންދަނިކޮށް، އުމުރުން 26 އަހަރުގެ ފުވައްމުލަކު މީހަކު ހުކުރު ދުވަހުގެރޭ 9:00 އެހާކަންހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.
ފުލުހުން ބުނީ ބަނގުރާ ކައްކަން ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ކައްކަން ބޭނުން ކުރާ ސާމާނާނު އެމީހާ ހައްޔަރު ކުރި ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބަނގުރަލުގެ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 21 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ވެސް އެ ރަށު ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
އެ ދެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.