ހަތަރު ގައުމަކަށް ތިން ސަފީރަކު އައްޔަން ކުރެއްވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާފައިވާ ނަންތައް އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވައިފި އެވެ.

ސަފީރުން އައްޔަން ކުރާ ހަތަރު ގައުމަކީ ޗައިނާ އާއި ބަންގްލަދޭޝް އާއި ޔަނައިޓެޑް އަރަބިއެމަރޭޓްސް އަދި ކުވައިތަށެވެ.

ޗައިނާގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ޓަކައި ރައީސް ޔާމީން ފޮނުއްވަފައިވާ ނަންފުޅަކީ ރ. އަލިފުށީ ހަމީދީ މަންޒިލް، އަލީ ހަމީދު އެވެ. ބަންގްލަދޭޝަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ހައި ކޮމިޝަނަރު ކަމަށް ޑރ. މުހައްމަދު އާސިމް އެވެ. އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށާއި ކުވޭތަށް ކަނޑައަޅާ ނޮން ރެސިޑެންޓް އެމްބަސަޑަރު ކަމަށް މިހާރު ފޮރިން މިނިސްޓްރީގެ އެމްބަސަޑާ އެޓް ލާޖު މަގާމުގައި ހުންނެވި އަބްދުﷲ ހަމީދެގެ ނަންފުޅެވެ.