ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ހުށަހަޅައިގެން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ރެއިންބޯއިން ކުރިއަށް ގެންދާ "ރެއިންބޯ ރަމަޒާން ސޭލް" މިއަހަރުވެސް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

"ރެއިންބޯ ރަމަޒާން ސޭލް 2014"ގެ ނަމުގައި ކުރިއަށް ގެންދާ ހާއްސަ ސޭލްގައި، 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް ވަރަށް ހާއްސަ އިނާމުތަކެއް ވަނީ ކަނޑައެޅިފަ އެވެ. އެގޮތުން އެއްވަނަ އިނާމެއްގެ ގޮތުން ބައިލައްކަ ރުފިޔާގެ ކިޗަން ސިސްޓަމެއް ލިބޭއިރު ދެވަނަ އިނާމެއްގެ ގޮތުގައި ދެމީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް ލިބެ އެވެ. އަދި ތިންވަނަ އިނާމެއްގެ ގޮތުން ރެޑް އެޕަލް ސޯފާސެޓެއް ދޭގޮތަށް ރެއިންބޯ އިން ވަނީ ހަމަޖައްސައިފަ އެވެ.

މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 10 ހަފްތާއަށް ކުރިޔަށްގެންދާ "ރެއިންބޯ ރަމަޒާން ސޭލް 2014"، ރެއިންބޯ ލިވިން މޯލް، ރެއިންބޯ ބިލްޑްވެއާ، ރެއިންބޯ އޮފީސް ސިސްޓަމްސް ގެ އިތުރުން ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދޫގައި ވެސް ކުރިއަށްދާނެ އެެވެ.

ރެއިންބޯ އިން ބުނީ، ސޭލްގެ މަގްސަދަކީ އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ މުދާ ހެޔޮއަގުތަކެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ސޭލްގެ ގުރުނެގުން އޮގަސްޓްމަހުގެ ދެވަނަ ދުވަހުގެރޭ 8:30 ގައި ރެއިންބޯ ބިލްޑްވެއާގައި ކުރިޔަށް ދާނެކަމަށާއި ގުރުއަތުން ހޮވޭ ފަރާތްތަކުގެ ނަންތަށް ރެއިންބޯ ފޭސްބުކް ޕޭޖްގައިވެސް އާންމުކުރެވިގެން ދާނެކަމަށް ރެއިންބޯއިން ބުނެއެވެ.